logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރައްވާފައިވާ މުހައްމަދު ޝަރީފް އައްޔަން ކުރައްވައިފި އެވެ.

މިއީ ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ބީއެމްއެލްއިން ބުނީ ސީއީއޯގެ މަސްއޫލިއްޔަތުތަކާ ޝަރީފް ހަވާލުވެ ވަޑައިގަންނަވާނީ މާދަމާއިން ފެށިގެން ކަމަށާއި އަދި އެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަން ކުރުމަކީ ރާއްޖޭގެ ބޭންކިން ދާއިރާގައި ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް ބޭންކުން ބުންޏެވެ.

މާލީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަރީފަކީ ބޭންކްގައި ކުރިން މަސައްކަތް ކުރެއްވިއިރު މުހިންމު ބަދަލުތަކެއް ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އޭގެ ތެރޭގައި ކޯ ބޭންކިން ސިސްޓަމް ތައާރަފް ކުރުމާއި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ ހިދުމަތް ތައާރަފް ކުރުމުގެ އިތުރުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އާއި ސެލްފް ސާވިސް ބޭންކިން ތައާރަފް ކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އިނގިރޭސިވިލާތުން އެމްބީއޭ ހާސިލް ކުރައްވާފައިވާ ޝަރީފް ބީއެމްއެލްގައި ހިދުމަތް ކުރެއްވުމަށްފަހު އޭނާ ވަކިވެ ވަޑައިގަތީ 2020 ވަނަ އަހަރު އެވެ. އޭގެފަހުން މިހާތަނަށް މަސައްކަތް ކުރެއްވީ ޕްރައިވެޓް ސެކްޓާގައި އެގްޒެކެޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގަ އެވެ.

ޝަރީފް އެ މަގާމަށް އައްޔަން ކުރެއްވީ އެންމެ ފަހުން ސީއީއޯގެ މަގާމުގައި ހުންނަ ކާލް ސްޓުމްކާ މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *