logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ކަނޑާލަން ގާނޫނުގައި ހިމެނުމަށް މެންބަރު މުޙައްމަދު އިސްމާއިލް ގޮވާލައިފި

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ނުލިބޭ ގޮތައް ގާނޫނުގައި ހިމެނުމަށް މެންބަރު މުޙައްމަދު އިސްމާއިލް ގޮވާލައިފިއެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަށްޓަކައި މަޖިލީހަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރ މުޙައްމަދު އިބްރާހިމް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ ވަގުތުގައި  މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އެ އިސްލާހަކީ ސަރުކާރަށް އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ އިސްލާހެއް ނޫންކަމަށާއި، ގައުމު ތަކުގެ ވެރިންގެ ހައިސިއްޔަތުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރަން ވެރިންނަށް ޖެހިވަޑައިގަންނަވާނެ ކަމަށާއި، އެގޮތުން ދުންފަތުގެ ނުރައްކަލުން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ރާއްޖޭގެ އާބާދީގެ 37 އިންސައްތަ އަކީ ޒުވާނުންނަށް ވާއިރު އޭގެ ތެރެއިން ގިނަ ކުދިން މިހާރު ދުންފަތާ ވޭޕް ބޭނުންކުރަން ފަށާފައިވާކަމަށާއި އެ އިސްލާހަކީ ޒުވާނުން އަނބުރާ މުޖުމައުއަށް ހެޔޮ ބައެއްގެ ގޮތުގައި ގެނައުމަށް ރައީސް އިސްނަގައިގެން ހުށަހަޅާފައިމިވާ އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއްކަމަށެވެ. އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކޮށްގެން ބޮޑެތިބަލިތައް ޖެހޭ މީހުންނަށް އާސަންދަ ކަނޑާލުމަށް އެ ގާނޫނުގައި ހިމެނުމަށްވެސް މެންބަރު މުޙައްމަދު އިސްމާއިލް ވަނީ ގޮވާލާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ