logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024

ދުންފަތާ ދުންފަތުން އުފައްދާ ތަކެތި ވިއްކުމަށް ލައިސަންސް ނަގަންޖެހޭގޮތައް ހަދަނީ

ދުންފަތާ ދުންފަތުން އުފައްދާ ބާވަތްތަކުގެ ވިޔަފާރިކުރުމަށް ލައިސެންސެއް ނެގުން ލާޒިމުކުރާ އިސްލާހެއް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ހުށަހަޅައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ މެމްބަރ އައިފާން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން، އެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސެެއް އޮންނަން ޖެހޭނެ ކަމަށެވެ.

އިތުރަށް އެ އިސްލާހުގައި ބުނެފައިވަނީ އެލައިސްސް ދޫކުރަންވާނީ އާއްމު ވިޔާރީގެ ލައިސަންސް އޮންނަ ފަރާތަކަށް ކަމަށާއި، ހަމައެކަނި ދުންފަތާ ގުޅުންހުރި ވިޔާފާރިކުރުމަށް އެ ލައިސަންސް ދޫނުކުރެވޭނެ ކަމަށެވެ. އަދި ލައިސަންސް ނެތި ދުންފަތާ ގުޅުންހުރި ވިޔާފާރިއެއް ކޮށްފި ފަރާތެއް ނުވަތަ އެ ގާނޫނާ ހިލާފުވާ ފަރާތްތައް 1،000ރ އާއި 1،000،000ރ. އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އަދި އެފަރާތެއްގެ ވިޔަފާރިކުރުމުގެ ލައިސެންސް ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހުތިޔާރު މިނިސްޓްރީ އަށްވަނީ ލިބިދީފައެވެ.

އަދި އެ ލައިސަންސް ދޫކުރުމަށްޓަކައި އެ ގާނޫނުގެ ދަށުން ޤަވާއިދެއް އެކުލަވާލަން ވާނެ ކަމަށާއި އެ ޤަވާއިދުގައި ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި ލައިސަންސް ދޫކުރުމަށް ނަގާ ފީތަކުގެ މައުލުމަތުވެސް ހިމަނަންވާނެކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *