logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޕްރައިވެޓް އިންޝުއަރެންސް ނުލިބޭ ހާލަތުގައި އާސަންދަ ލިބޭނެ: އެންސްޕާ

އެއްވެސް ސަބަބަކާ ހެދި ޕްރައިވެޓް އިންޝުއަރެންސް ނުލިބޭ ހާލަތުގައި އާސަންދަ ލިބޭނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އާސަންދަ ސްކީމަށް ގެނައި ބަދަލާ ގުޅޭގޮތުން އާއްމުންނަށް އަރާފައިވާ އޮޅުން ސާފުކޮށްދިނުމަށްޓަކައި އެންސްޕާ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމެންޓް ހުއްޓާލި ކަމުގައި ވިޔަސް، އަމިއްލަ އިންޝުއަރެންސް ޕޮލިސީން ކަވަރޭޖް ނުލިބޭ ހާލަތްތަކުގައިވެސް ކޮންމެ މީހަކަށް ވެސް  އާސަންދައިގެ ކަވަރޭޖް ލިބޭނެކަމަށެވެ.

އައުޓް-ޕޭޝަންޓް ގެ ހިދުމަތްތަކަށް ބިލު ކުރުމުގައި ޕްރައިވެޓް އިންޝުއަރެންސް އަށް އިސްކަން ދޭ ގޮތަށް ނިންމައި އޮކްޓޫބަރު 31 ވަނަ ދުވަހު ގެނައި ބަދަލާ ގުޅިގެން އެކި ފަރާތްތަކުން ތަފާތު ގޮތްތަކަށް އެވާހަކަތައް ދައްކަމުންގެންދާ މައްސަލާގައިވެސް އެންސްޕާއިން ވަނީ މިފަދަ ދަނޑިވަޅެއްގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހާމަކުރަމުން ދާތީވެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެބަދަލާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އާސަންދައިގެ ހޮޓްލައިން 1400 އަށް ގުޅޭނެކަމަށްވެސް އެންސްޕާއިން ބުނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ