logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މާލެ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ލައިނާރ އެއް އުފައްދަވަން ކުރާ މަސައްކަތާ ގުޅިގެން ޓެކްސީ ޑަރައިވަރުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށްޓަކައި ހުޅުމާލޭގައި އިއްޔެ ހަވީރު ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ސަރުކާރުން މިހރު ގެންނަން މަސައްކަތްކުރާ ބަދަލާ ގުޅިގެން އެ މަސައްކަތް މިހާރު ކުރަމުންއަންނަ ފަރާތްކަށް ކުރާނެ އަސަރު ދެނެގަނެ އެ ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އޮޅުންފިލުވާފައެވެ.

މާލެ ސރަހައްދުގައި ސަރުކާރު ހިއްސާވާ ކުންފުންޏަކާ ޙަވާލުކޮށްގެން ހިދުމަތް ދިނުމަށް މަސައްކަތްކުރަމުން އަންނަ ޓެކްސީ ލައިނާގައި 50 އިންސައްތަ ފުލްޓައިމް މަސައްކަތް ކުރާއިރު ޕާޓް ޓައިމް ކޮށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށްވެސް 50 އިންސައްތަ ކަނޑައަޅާފައިވެއެވެ. އަދި އެ ޙިދުމަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހަފްތާއިން މުސާރަ ދޭގޮތަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *