logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މެސީ އަދިވެސް ހުރީ މަރަޑޯނާގެ ފަހަތުގައި – ޒެނެއްޓީ

ޑިއޭގޯ މަރަޑޯނާގެ ދަރަޖަ އާއި ހަމައަށް އަދި މެސީއަށް ނުދެވޭ ކަމަށާއި އަދިވެސް އާޖެންޓީނާ ފުޓްބޯޅައިގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ކުޅުންތެރިއަކީ މަރަޑޯނާކަމަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން ހަވިއޭ ޒެނެއްޓި ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އާއެކު ކާމިޔާބުކޮށް މެސީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުހުގައި ފިޔަޖަހަމުންދަނިކޮށް މެސީ އާއެކު އާޖެންޓީނާއަށްވެސް ކުޅެފައިވާ ޑިފެންޑަރު ބުނީ ދެ ކުޅުންތެރިން އަޅާކިޔަން ބޭނުންނުވާކަމަށެވެ.

އެހެންނަމަވެސް އޭނާގެ ނަޒަރުގައި އަދިވެސް ދުނިޔެ ދުއް އެންމެ މޮޅު ކުޅުންތެރިއަކީ މަރަޑޯނާ ކަމަށާއި މެސީއަށް އަދި މަރަޑޯނާ ފަހަތައް ޖައްސާ ނުލެވޭ ކަމަށެވެ.

ޒެނެއްޓީ އިތުރަށް ބުނީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންނަކީވެސް އާޖެންޓީނާ ކުޅުންތެރިންނަށް ވުމުން ހުރިހާ އާޖެންޓީނާ ރައްޔިތުންވެސް އުފާވާ ކަމަށާއި މިއީ އާޖެންޓީނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

ދޯހާއިން ވޯލްޑް ކަޕް ތައްޓާއެކު މިއަދު އާޖެންޓީނާއަށް މެސީ އާއި ޓީމު ދިޔުމުން އެކަމުގެ އުފަލުގައި އާޖެންޓީނާ ސަރުކާރުން މިއަދަކީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ވަނީ އިއުލާންކޮށްފައެވެ.

އާޖެންޓީނާގެ އެތައް ލައްކަ ރައްޔިތުންނެއް ޓީމަށް މަރުހަބާ ކިޔާ އުފާފާޅުކުރުމުގައި ދަނީ ބައިވެރިވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ