ހއ. އުލިގަމުގައި ކުޅެން ހުރި ކުއްޖެއްގެ ގައި މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެކުއްޖާ ނިޔާވީ ގޯލް ވެއްްޓުމުގެ ސަަބަބުން ލިބުނު ސީރިއަސް އަނިޔާތަކަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮޮށެވެ. މިހާދިސާގައި ނިޔާވެފައިވަނީ 9 އަހަރުގެ ކުއްޖެކެވެ. މިހާދިސާ ހިނގީ މިއަދު 17:50 ގައި ކަމަށް ފުލުހުން ބުންޏެވެ.
އުލިގަމުން ވާހަކަދެއްކި މީހަކު ބުނީ ގޯލްވެއްޓުމުގެ ސަބަބުން އެކުއްޖާގެ އަނގަޔާއި ނޭފަތާއި ކަންފަތުން ވަރަށް ގިނައިން ލޭ ފައިބަމުން ދިޔަ ކަމަށެވެ.