logo minivan

English

ހޮނިހިރު, 21 ޑިސެމްބަރ 2024
ފިޔަވަތީގެ ކުދިންނަށް ބޭއްވި ހަވީރުގައި ބައިވެރިވި އެޗްޑީސީގެ މުވައްޒަފުންނާއި ިޔަވަތީގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓެނީ. ފޮޓޯ:އެޗްޑީސީ

ފިޔަވަތީގެ ކުދިންނަށް އެޗްޑީސީން ހާއްސަ ހަވީރެއް ބާއްވައިފި

ދައުލަތުން ބަލަހައްޓާ ކުދިން ބައިތިއްބާ ފިޔަވަތީ ގަ އުޅޭ ކުދިންނަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ފިޔަވަތި ފަން ޑޭ" ގެ ނަމުގައި ހާއްސަ ހަވީރެއް ބާއްވައިފި އެވެ.

އެޗްޑީސީން ބުނީ ފިޔަވަތީގެ ކުދިންނަށް ހާއްސަ ހަވީރެއް ބޭއްވީ އެ ކޯޕަރޭޝަނުގެ އިޖުތިމާއީ ޒިންމާ ގެ ދަށުުން ކަމަށެވެ. އެ ހަރަކާތުގައި ފިޔަވަތީ ގައި ދިރިއުޅޭ 90 އަށްވުރެ ގިނަ ކުދިން ވަނީ ބަވެރިވި ކަމަށް އެެ ކޯޕަރޭޝަނުން ބުންޏެވެ.

އެހަވީރުގައި އެޗް.ޑީ.ސީ ގެ ބައެއް އިސްވެރިނާއި ފިޔަވަތީގެ މުއައްޒަފުން ބައިވެރި ވި ކަމަށާއި ހަވީރުގައި ފިޔަވަތީގެ ކުދިންނަށް އެޗްޑީސީން ހަދިޔަާ ތަކެއް ވެސް ދިން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ފިޔަވައްޗަކީ ދަަޢުލަތުގެ ބެލުމުގެ ދަށުގަައި ތިބޭ ކުދިން ބަލަހައްޓަން ހާއްސަކޮށް ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ މަރުކަޒެކެވެ.

ޑިސެމްބަރު 31 ވަނަ ދުވަހު ބޭއްވި އެ ހަރަކާތާ ގުޅޭ މައުލޫމާތު އެޗްޑީސީން ހާމަކުރީ އިއްޔެ އެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *