ވޭތުވެދިޔަ ދައުރުގެ ހަނދާން ހުރި މީހަކަށްނަމަ ރައީސް ޔާމީން ތަނަކަށް ދާނަމަ ކަންކުރާގޮތް ކިޔާދޭކަށް ހަނދާންކޮށްދޭކަށް ނުޖެހޭނެއެވެ.
ޖަލްސާއެއް ބާއްވާނަމަ ދަނގަޑުން ކޮށިއަޅާ ބަންދުކުރިއެވެ. އެހިސާބެއްގެ މަގުތައް ބަންދުކޮށް ވެހިކަލް ވަނުން މަނާކުރެއެވެ. އިދިކޮޅު/ ހިޔާލުތަފާތު ހެން ހީވާ މީހެއްނަމަ ދުރުކޮށް އެސަރަހައްދަށް ވަނުން މަނާކުރިއެވެ. ރީނދޫކުލަ އެއީ މަލެއް ނުވަތަ ފަތެއް ނަމަވެސް އެތަނަކުން ނަގާ ދުރުކުރަންޖެހެއެވެ. ދޮންރުކު ކުރުބައިގަ ފިޔާތޮށި ކުލަ ލާންޖެހުނެވެ.
ރައީސް އަށް ފާޑެއްކިޔާފާނެމީހަކު ނުވަތަ ލިޔުމެއް ފެނިއްޖެނަމަ މާކުރިން ހިފާ ހައްޔަރު ކުރިއެވެ.
މިކަންކަން ކުރިމީހުން އިސްކޮށްތިބެ ރައީސް ސޯލިހު ބާއްވާ ކެމްޕެއިން ޖަލްސާއެއްގެ ކުރިމަތީ ފެންނަހިސާބުގައިތިބެ ހިތުހުރި އެއްޗެއް ލައުޑްސްޕީކަރުން ގޮވުމުގެ ފުރުސަތު ދިނުމަކީ ޚުދު އެމީހުނަށްވެސް ގަބޫލުކުރަން ފަސޭހަކަމަކަށްނުވާނެއެވެ.
އެފަދަ މިނިވަންކަމާއެކު ހިޔާލުފާޅުކޮށް އަޑުއުފުލަން ދިން ފުރުސަތުގައި ދެކޮޅުހަދާ ވަގަށްގޮވާ އަވަގުރާނަ ގޮވަމުން ދިޔައިރު ރައީސް ބައިވެރިވި ޖަލްސާގެ ބައިވެރިން ދިޔައީ ކެތްތެރިކަމާއެކު ޖަލްސާގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.
އެދުވަހުގެ އެމަންޒަރާއި މިދުވަހުގެ މި މަންޒަރު ދުށް މީހަކަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޓޮލަރެންްސް ލެވެލް އޮތް މިންވަރު އިތުރަށް ކިޔާދޭކަށް ނުޖެހޭނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ކަރުނަ ގޭސް މިވަގުތު ނެތީ
ނޫސް ލިޔަންވާނީ ޙަގީގަތާ އެއްގޮތަށް. ވަކިމީހަކު ވެރިޔަކަށް ހުރީމަ އެމީހާާ ބުނާގޮތަކަށްނޫން. ޭ