ގއ. ކޫއްޑޫ އާއި އެއަތޮޅުގެ ވިލިގިލި ގުޅުވާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އަދި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ގއ. ކޫއްޑޫ އާއި ވިލިގިނލީ ގުޅުވާލުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލު ކުރީ 21.4 މިލިއަން ރުފިޔާގެ އަގަކަށް، 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ގއ. ވިލިނގިލި އަދި ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދިޔުމަށް ތައްޔާރުކުރަންޖެހޭ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފި. pic.twitter.com/l1rGwgEimO
— Min.of National Planning, Housing & Infrastructure (@MoNPHImv) January 26, 2023
މިފްކޯގެ މަސް ފެކްޓްރީ ހުންނަ ކޫއްޑޫއާއި ވިލިގިއްޔަކީ ވަރަށް ކައިރީ ގައި އޮންނަ ދެރަށެވެ. އެ ދެރަށް ގުޅައިލުމަކީީ ބޮޑު އާބާދީއެއް އޮންނަ ވިލިގިލީ ރައްޔިތުން އަބަދު ވެސް އެދެމުން އަންނަ ކަމެކެވެ. ކޫއްޑޫ ގައި އެއާރޕޯޓް އެޅި އިރުވެސް އެދެރަށް ގުޅުވާލުމުގެ ވާހަކަ ވަނީ ދެކެވިފައެވެ. މި ދެރަށް ގުޅުވައިލުމަކީ 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.