މިހާރު ކުރިައށްދާ އެމްޑީޕީގެ ރިޔާސީގައި ގދ.ގައްދޫ ވޯޓްލާ މަރުކަޒުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ވޯޓު ކަރުދާސްތައް ވީދާލައިފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ގައްދޫ ވޯޓްލާ މަރުކަޒްގައި ހުރި ވޯޓްފޮށި އެއްލާލާ ވޯޓްކަރުދާސްތައް ވީދާލާ މަންޒަރު ފެނެއެވެ. އަދި އެމަރުކަޒުގައި ހުރި ގޮނޑިއާއި މޭޒުފަދަ ތަކެތި އުކާލާ މަންޒަރުވެސް ފެނެއެވެ.
ގައްދޫ ވޯޓްލާ މަރުކަޒުގައި ހަމަނުޖެހުން ހިނގީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ވޯޓް ލާން ވަންނައިރު ވޯޓް ކަރުދާހުން ފޮޓޯ ނެގުމަށް ބޮޑީ ކެމެރާއެއް ވައްދާތީ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ޝަކުވާ ކުރަން ފެށި ހިސާބުންނެވެ.
ތަފްސީލް އަންނަނީ…