logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024

ގާސިމްގެ އެޑްވައިޒަރަކަށް ނިހާން ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހަމަޖައްސައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި ނިހާން ޖުމްހޫރީ ޕާޓީއާ ގުޅުނީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުންނެވެ. ޖުމްހޫރީ ޕާޓީއާ ގުޅުނު ނަމަވެސް ސިޔާސީ މައިދާނުގައި މާ ހަރަކާތްތެރިކޮށް ނިހާން އުޅުއްވާތަނެއް ނުފެނެއެވެ. ޤާސިމްގެ އެޑްވައިޒަރަކަށް ނިހާމް ހަމަޖެއްސީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޤާސިމް އިބްރާހިމް ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ސިޔާސީ މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން މިދަނޑިވަޅުގައި ނިހާން މި މަޤާމަށް ހަމަޖެއްސުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޤާސިމް ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެކެވެ. ޤާސިމްގެ އެޑްވެެއިޒަރެއްގެ ގޮތުން ކުރީގެ މެމްބަރު އިލްހާމް އަހުމަދުވެސް ގެންދަވަނީ ހަރަކާތްތެރިވަމުން ނެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މިމަހު 23 ވަނަ ދުވަހު އޮންނައިރު ޕާޓީގެ ލީޑަރު ކަމުގެ މަޤާމް އުވާލާ ޕާޓީގެ ރައީސަށް ހުރިހާ ބާރުތަކެއް ދިނުމަށް އިސްލާހު ހުށައެޅުމަށް ވަނީ ނިންމާފައެވެ. އަދި ޕާޓީގެ ރައީސަށް ލަފާދޭން 5 އެޑްވައިޒަރުންނާއި 5 ނައިބްރައީސުން އައްޔަން ކުރުމަށްވެސް އިސްލާހު ހުށައެޅުމަށް ވަނީ ނިންމާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތަންތަނުގައި ބަރަހަނާވެފައި ތިބި ވަގުން ފަހަތްޕުޅަށް ލައްވައިގެން ލިބޭނެ އެއްވެސް މަންފާއެއް ގާސިމް އަކަށް ނޯންނާނެ.. އެހެނެއްނޫން ވަގުންގެ ހުސްވެފައިހުރި ޖީބުތަކަށް ކޮންމެސްވަރެއްގެ ބަރެއްލިބޭނެ.. ތިޔަ ޑީލުން ރައްޔިތުންގެ އިހްތިރާމާއި ވޯޓު ކޮންމެސް މިންވަރަކަށް މަދުވާނެކަމަށް ލަފާކުރެވޭ… ބިޒްނަސް މޫވް އެއްކަންނޭގެ ގާސިމް އެހިސާބު ޖަހަން އަދުރެމެޓިކްސް އަށްވުރެން ރަގަޅުވާނެ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *