logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024

މިއަހަރު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބުނީ 13 މާއްދާއިން އެންމެ މަތީ ފާސް ހޯދި ހުޔާމަށް

މިއަހަރު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބުނު ހުޔާމް ހަލީލް އާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފިއެވެ.

އަރަބިއްޔާ ސްކޫލުންކިޔެވި ދަރިވަރެއްކަމުގައިވާ ހުޔާމްއާ ، ރައީސް ބައްދަލު ކުރެއްވީ މިއަދު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ހުޔާމްގެ ތައުލީމީ ކާމިޔާބީތަކަށް މަރުހަބާ ވިދާޅުވެ، އިތުރަށް ކިޔެވުމަށް ހިތްވަރު ދެއްވާފައެވެ.

ހުޔާމުގެ ހިއްވަރަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވީ ހަމަ އެރޫހުގައި މަތީ ތައުލީމުގައި ވެސް ކާމިޔާބު ހޯދައި އެނބުރި ގައުމަށް އައިސް ގައުމަށް ހިދުމަތް ކުރާނެ ކަމަށް އުންމީދުކުރައްވާކަމުގައެވެ.

ހުޔާމަށް މިއަހަރުގެ ސްލޯކޮލާޝިޕް ލިބުނު އިރު، އޭނާ ވަނީ ޝަހާދާ ސާނަވިއްޔާ އިމްތިހާނުގެ 13 މާއްދާއިން އެންމެމަތީ ފާސް ހޯދާފައެވެ.

އާކިޓެކްޗަރގެ ދާއިރާއިން ކުރިޔަށް ދިޔުމަށް ގަސްދު ކުރައްވާ ހުޔާމް، މަތީ ތަޢުލީމް ޙާޞިލްކުރެއްވުމަށް ނިންމަވާފައި ވަނީ، މެލޭޝިޔާގެ "އިންފްރާސްޓްރަކްޗަރ ޔުނިވަސިޓީ ކުއާލާލަމްޕޫރް"އިން، "ބެޗްލަރ އޮފް ސައިންސް އިން އާކިޓެކްޗަރ ސްޓަރޑީޒް" އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *