logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024

އަޒްލީނާގެ ގާތިލު، ދިއްފުށީގައި މަރުވެފައި އޮއްވާ ފެނިއްޖެ

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު ގއ. މާމެންދޫ ، ޖަވާހިރުމާގެ، އަޒްލީނާ ނަފީޒު މަރައިލިކަމުގެ ކުށް ސާބިތުވެ، ހުކުމް ވަކިވަރަކަށް ހުކުމް ތަންފީޒުކުރުމަށް ފަހު މާފުކޮށް ދޫކޮށްލާފައިވާ އަބްދުﷲ ޒުހައިރު ކ.ދިއްފުށީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ކ.ދިއްފުށީ އެރަށުގެ އުތުރު ފަރާތު ގޮނޑޮދޮށުގައި ހުރި ޖޯލިފައްޗެއްގައި ޚަބަރުހުސްވެފައި އޮތް މީހަކު ފެނިގެން އެރަށު ހެލްތު ސެންޓަރަށް ގެންދިޔަކަމަށް މިއަދު މެންދުރު 12:20 އެހާ އިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ގެންދިޔަ އިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަަމަށެވެ.

ނިޔާވެފައި ވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެއީ ޒުހައިރު އެވެ.

އަޒްލީނާ މަރައިލިކަމުގެ ކުށް ސާބިތުވެ، ޒުހައިރުއާއި އިތުރު ބަޔަކު 25 އަހަރަށް ޖަލަށް ލާން ހުކުމްކުރީ 2002 ވަނަ އަހަރުގެ އޮގަސްޓްމަހު އެވެ. އެ ހުކުމް ތަންފީޒުކުރަން ފެށިތާ 11 އަހަރު ފަހުން އޭނާ މިނިވަން ކުރީ 2013 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގަ އެވެ. އެނގިފައިވާ ގޮތުގައި ފަހުން އޭނާ ދިރިއުޅެމުން އައީ ކ.ދިއްފުށީގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *