އަމީނީމަގު ގުޅިފައި ހުރި ބައެއް މަގުތަކުގެ ބިންގަނޑު ރަންގަޅުކުރަން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އަމީނީ މަގު ތާރު އެޅުމުގެ ދެވަނަ ފިޔަވަހި ފެށުމަށް އަމީނީ މަގުގައި މިހާރު ދުއްވަމުން އަންނަ ބަސް ރޫޓް ބަދަލު ކުރުމަށް އެމަގާ ގުޅިފައިވާ އެހެންމަގު ތަކުގެ ބިންގަނޑުގައި ހުރި އަޑިގުޑަން ތައް ފިލުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮއިމަލާ ހިނގުން ބަންދު ކުރުމަށް ވަނީ ނިންމާފައި. އަދި، އެ މަގުގެ ބަސް ރޫޓު އައިމިނަރަނި ހިނގުމަށް ބަދަލު ކުރުމުގެ ގޮތުން، އައިމިނަރަނި ހިނގުމުގައި ހުރި އަޑިގުޑަން ފިލުވައި އެ މަގު ލެވެލްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި pic.twitter.com/Y9DTjOlMfn
— Min.of National Planning, Housing & Infrastructure (@MoNPHImv) February 28, 2023
އެ މަސައްކަތް ކުރުމަށް ޓަކައި ކޮއިމަލާ ހިނގުން ބަންދު ކުރަން ނިންމާފައި ވާ ކަމަށް ވެސް ޓްވީޓްގައި ބުންޏެވެ. އަދި ބަސްރޫޓު އައިމިނަރަނި ހިނގުމަށް ބަދަލުކުރުމުގެ ގޮތުން އައިމިނަރަނި ހިނގުމުގައި ހުރި އަޑިގުޑަން ފިލުވައި އެ މަގު ލެވެލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.
އަމީނީމަގުގެ ތާރުއެޅުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެމަގުގައި ފުރަތަމަ ތާރުއަޅާފައިވާ ބައި މިހަފުތާގައި އާންމުންނަށް ހުޅުވައިލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.