logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ބާޒާރުގެ އަގުތައް: ބަނބުކޭލެއް 110 ރުފިޔާއަށް!

މާލޭގެ ލޯކަލް މާރުކޭޓުގައި ބައެއްތަކެތީގެ އަގުދައްވެއްޖެއެވެ.

ދިވެހިން ގިނައިން ބޭނުންކުރާ ގިތެޔޮމިރުހުގެ އަގު ރޯދަމަހުގެ ފުރަތަމަ ދުވަހު 280 ރުފިޔާއަށް ހުރި ނަމަވެސް މިހާރު ވަނީ 200 ރުފިޔާއަށް ތިރިވެފައެވެ. އާންމުކޮށް ތަކެތީގެ އަގު ދަށްވިނަމަވެސް، އަދިވެސް ބަނބުކޭލެއް އުޅެނީ 110 ރުފިޔާއަށެވެ. ބާޒާރުގެ އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާލާއިރު ލުނބޯ ކިލޯއެއް ހުރީ  70 ރުފިޔާއަށެވެ. އަދި ކާށީގެ އަގަށް ބަލާއިރު  ބޮޑެތި ކާށީގެ އަގު އުޅެނީ 15 ރުފިޔާއަށެވެ. ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ އެކައްޗެއްކަމަށް ވާ ކަރާގެ އަގު ހުރީ، ކިލޯއެއް 35 ރުފިޔާއަށެވެ.

ބާޒާރުގައި ބައެއްތަކެތީގެ އަގު :

ކަރާ 35
ފޭރު 80
ފެޝަން ފުރުޓް 80
ކުރުންބާ 40
ކާށި 15
ދޮންކެއޮ 70
ފަޅޯ 75
ލުނބޯ 70
އަނބު 80
އޮރެންޖު 5
އާފަލު 5
މޭބިސްކަދުރު 150
ރޯކަދުރު 180
ކުއްޅަފިލާފަތް 15 ދެބޮނޑި
ހިކަނދިފަތް 5 ބޮނޑި
ރާންބާފަތް 5 އެއްފަތް
ޓޮމާޓޯ 35
ލެޓިއުސް 60
ބަނބުކެޔޮ 110
ގިތެޔޮމިރުސް 200
ތޮޅިމިރުސް 65
ކަނޑުމަސް 35
ކަންމެލި 40
ގޮދާ 40

ގޮޅިތަކުގެ މީހުން ބުނާގޮތުގައި މިރުހާއި ކަރާ ވަނީ ތިޔާގިވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *