ހއ. އިހަވަންދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް، ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި 102.8 މިލިޔަން ރުފިޔާގެ އަަގަކަށް އެ މަސައްކަތް އާރްޑީސީއާ ހަވާލުކުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ހއ. އިހަވަންދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލުކޮށްފި. 102،846،733.89 ރުފިޔާއަށް މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށް. pic.twitter.com/mhD1lNgqis
— Min.of National Planning, Housing & Infrastructure (@MoNPHImv) April 2, 2023
އިހަވަންދޫއަކީ ތިންހާސް ތިންސަތޭކަ މީހުންގެ އާބާދީ އެއް އޮންނަ ރަށެކެވެ. އެ ރަށުގެ ބޮޑުމިނަކީ 61.9 ހެކްޓަރެވެ. އެރަށުގެ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ ރަށުގައި ތާރު އަޅައިގެން ތަރައްގީކުރަނީ ކިތައް މަގު ކަމެއް އެހެންވެ އަދި ނޭނގެ އެވެ. އާރްޑީސީން ބުނި ގޮތުގައި އިހަވަންދޫގެ މަގުތައް ހެދުމުގެ މަސައްކަތާ އެކުންފުނިން ހަވާލުޥި ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ ގޮތަށެވެ.
RDC contracted for the Design and Build of Major Roads at Ha. Ihavandhoo.#TeamRDC pic.twitter.com/2YlmOJ8ZT6
— Road Development Corporation Ltd (@rdcmaldives) April 2, 2023