ފަސް ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓް ހަދަން، ފިޝަރީޒް މިނިސްޓްރީއިން ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްފި އެވެ.
އެ ޕްލާންޓްތައް އަޅަން ނިންމާފައި ވަނީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގަ އެވެ. މިއީ ސައުދީ ފަނޑުގެ އެހީގެ ދަށުން ގާއިމް ކުރާ އައިސްޕަލާންޓްތަކެކެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަހްމަދު ޔާމީން އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައީދު މުހައްމަދު އެވެ.
ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު މިއަދު ވަނީ ސޮއި ކުރައްވައިފައެވެ . pic.twitter.com/7o9JrTkrlh
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) April 30, 2023
މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މި ސަރުކާރުން ވަނީ ރާއްޖޭގެ 10 ސަރަހައްދެއްގައި އައިސް ޕްލާންޓް ގާއިމްކޮށްފައެވެ.