logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެމްޑީޕީ މައި ހަރުގެ ހުސްކުރަން އަންގައިފި

މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެގޭގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފިއެވެ.

އެމްޑީޕީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެގޭގެ ވެރިފަރާތުން ވަނީ މިދިޔަ މަހު ސިޓީއެއް ފޮނުވައި، ހަރުގެ ހުސްކުރުމަށް އަންގާފައެވެ. އަދި ހަރުގެ ހުސްކުރަން އަންގާފައިވަނީ އެ ބިމުގައި އިމާރާތެއް ކުރަން ކަމަށް ވެސް މައުލޫމަތު ލިބިފައިވެއެވެ.

އަދި އެ ހަރުގެ އެހެން ތަނަކަށް ބަދަލުކުރުމަށް ބިމެއް ހޯދުމުގެ މަސައްކަތް ޕާޓީން އަންނަނީ ކުރަމުން ކަމަށާއި މިހާތަނަށް ބިމެއް ލިބިފައި ނުވާ ކަމަށް އެ ޕާތީން މީޑިއާތަކަށް މައުޅޫމާތު ދެއެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގަ، އެ ހަރުގެ ހަދާފައި ވަނީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއްގެ ބިމެއްގަ އެވެ. އޭނާ މަސައްކަތް ކުރަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުމުގައި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަންގައެވެ.

އެމްޑީޕީގެ މައި ހަރުގެ ހިންގަން ދިން އެއްބަސްވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. ނަމަވެސް އެ ތަން ހުސްކުރަން ވެރިފަރާތުން އެންގީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ނިމުމަށްފަހުގައިކަމަށް ވެސް އެޕާޓިން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ