logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ރިލީޒްކުރާ ތާރީހު ފަސްކޮށްފި

ބޮލީވުޑްގެ ސުޕަ ސްޓާ ޝާހު ރުކް ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޖަވާން" ރިލީޒްކުރާ ތާރީހު ފަސްކޮށްފިއެވެ.

"ޕިންކްވިލާ" އިން ބުނި  ގޮތުގައި ކުރިންް ޖޫން މަހުގެ 2 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިއޮތް ފިލްމް، މިހާރު ވަނީ ރަސްމީކޮށް ފަސްކުރެވިފައެވެ. އެގޮތުން އާ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެނގިފައިވާ ކަމަށް ވެސް އެ ވެބްސްއިޓުން ބުނެފައިވެއެވެ.

އެ ފިލްމްގެ ޑިވެލޮޕްމެންޓް އާއި ގުޅުން ހުރި މީހަކު ބުނިކަމަށް މީޑިއާ އިން ބުނީ ޖަވާން ، ޖޫން 2 ގައި ރިލީޒް ނުކުރާ ގޮތަށް ނިންމާފައިވަނީ ފިލްމުގެ ވިޝުއަލް އިފެކްޓްސް ފުރިހަމަ ކުރުމަށް ޓީމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށާއި ސަބްސްޓޭންޑަޑް ޕްރޮޑަކްޓަކަށް ވުރެ އެންމެ މޮޅު ޕްރޮޑަކްޓާ ވާދަކުރާ ޕްރޮޑަކްޓަކަށް ހެދުމަށް ކަމަށެވެ. އަދި އެ ޓީމުން މިދިޔަ މަސްތަކުގައި 24 ގަޑިއިރު މަސައްކަތް ކުރަމުން އައި ނަމަވެސް އެ ޕްރޮސެސްއަށް ހީކުރި ވަރަށް ވުރެ ގިނަ ވަގުތު ނަގާ ކަމަށް ވެސް ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރެޑް ޗިލީސް އާއި އެކު "ޖަވާން" ގެ ވީއެފްއެކްސް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެތައް ކުންފުންޏަކުން ދަނީ ކުރަމުންނެވެ. އެގޮތުން އެ ފިލްމް ރިލީޒް ކުރުމަށް މިވަގުތު ބަލަމުންދާ ތާރީހުތަކަކީ ޖޫން މަހުގެ 29 ވަނަ ދުވަހާއި އޮގަސްޓް މަހުގެ ދުވަހެކެވެ. ނަމަވެސް ޝާހް އާއި ޓީމުން މިހާރު ބޭނުންވަނީ ވީއެފްއެކްސް އަށް އެކަށީގެންވާ ވަގުތު ދޭން ކަމަށް ވެސް ވެއެވެ.

"އޮގަސްޓް 11 އާއި އޮގަސްޓް 25 އާ މެދު އަޅުވަން ރެޑް ޗިލީސްގެ ހުރިހާ ސްޓޭކްހޯލްޑަރުން ވަރަށް ބޮޑަށް މަޝްވަރާ ކުރަމުން އަންނަނީ." މީޑިއާ އަށް މައުލޫމާތު ދިން ބުންޏެވެ.

މިއަހަރު މިހާތަނަށް އެންމެ މަގްބޫލު ފިލްމް ކަމަށްވާ ޝާހުރުކް ޚާން ގެ "ޕަޓާން" އަށް ވަނީ 512 ކްރޯޑް ރުޕީސްގެ ކަލެކްޝަނެއް ލިބިފައެވެ. އެގޮތުން އެޓްލީ ޑައިރެކްޓްކުރި "ޖަވާން" މި އަހަރުގެ އެންމެ އިންތިޒާރު ކުރެވިފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ވެސް ރިލީޒްކުރުމާއެކު ކޭޝް ރެޖިސްޓާތައް ބޮޑުތަނުން ގުގުމާލާނެ ފިލްމެއް ކަމަށް ބެލެވެއެވެ. މި ފިލްމްގައި ޝާހްގެ އިތުރުން ނަޔަންތަރާއާއި ވިޖޭ ސެތުޕަތިއާއި ދީޕިކާ ޕަޑުކޯން އަދި ސަންޖޭ ދަތު ފެނިގެންދާނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ