logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގިނަ އަދަދެއްގެ މީހުންނާއެކު ދަތުރު ކުރި ލޯންޗެއް އަޑިއަށްދާތީ ކޯސްޓްގާރޑުން ހަރަކާތްތެެރިވާން ފަށައިފި

ގިނަ އަދަދެއްގެ މީހުން ގޮވައިގެން މާލެއިން ދ. އަތޮޅަށް ދަތުރު ކުރި ލޯންޗެއް އަޑިއަށްދާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ލޯންޗަކީ މިއަދު މެންދުރު މާލެއިން ފުރައިގެން ދ އަތޮޅާއި ތ އަތޮޅަށް ދަތުރު ކުރަމުންދިޔަ “ވިޝަން އެކްސްޕްރެސް” ނަމަކަށް ކިޔާ ފެރީ ލޯންޗެކެވެ.

70 މީހުންގެ ޖާގައިގެ މި ލޯންޗުން 30 މީހުން ދަތުރު ކުރިއެވެ. ލޯންޗް އަޑިއަށްދަނީ ފ އަތޮޅާ ދިމާލުން ކަމަށް މައުލޫމާތު ލިބެއެވެ.

މިލޯންޗް އަޑިއަށްދާ ހަބަރު ލިބުމުން ލޯންގައި ހުރި ފަަޅުވެރިޔަކަށް މިނިވަން ނޫހުން ގުޅުމުން ބުނީ ލޯންޗަށް ވަރަށް ބޮޑަށް ރާޅު އަރަމުންދާ ކަމަށާއި ދިޔަ ކޮންޓްރޯލް ނުވާ ކަމަށެވެ. އޭގެ ފަހުން އެ ފޯން އަކަށް ނުގުޅުނެވެ.

މިހާދިސާ ހިނގައިގެން އުޅޭކަން އެމްއެންޑީއެފުން ވަނީ ޔަޤީން ކޮށްދީފައެވެ.

މި ލޯންޗަކީ ދ. މީދޫގައި ދުއްވާ ލޯންޗެއް ކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ