ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން (މެޓް އޮފީސް) އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި މެދު ރާއްޖެތެރޭ އާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައިވެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.
އެހެން ކަމުން ކަނޑުދަތުރުކުރާ ފަރާތް ތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއްދިނުމަށް މެޓް އޮފީހުނަ ވަނީ އެދިފައެވެ.