logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ރައީސް މައުމޫނާ ބައްދަލުކުރައްވަނީ

އެމްޑީޕީ އާއެކު ކޯލިޝަން ނުހެދުމަށް އެމްއާރްއެމް އިން ނިންމައިފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް، އެ ޕާޓީގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމް އަށް ދެއްވި ދައުވަތު ގަބޫލުނުކުރަން، އެމްއާރްއެމް އިން ނިންމައިފި އެވެ.

އެމްއާރުއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނިމިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ރޭ އެ ޕާޓީން އެމްޑީޕީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ކަންކަން އެ ޕާޓީގެ އެކްސްކޯގައި މަޝްވަރާކުރުމަށްފަހު އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން ނިންމާފައިވާ ކަމަށެވެ.

"މި ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް" އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ.

އެމްއާރްއެމް އިން ބުނީ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަން ނު ހެދުމަށް އެ ޕާޓީން ނިންމީ އެމްޑީޕީއިން ހުށަހެޅި ބައެއް ސިޔާސަތު ތަކަށް އެޕާޓީން އެއްބަސް ނުވާތީ ކަމަށެވެ.

އެމްއާރްއެމް އިން މިގޮތަށް ނިންމި އިރު ސިޔާސީ ޕާޓިތަކަށް ގާނޫނުން ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމި ނިންމުން މިހާރު އޮތީ ކޯޓުގަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިނިސްޓަރު ކަމެއް ނުލިބިދާނެކަމުގެ ބިރަށް.. ތިޔައީ ޝަރުތުވެސް ހަމަނުވާ، ޕާޓީއެއްގެ ހައިސިއްޔަތު ވެސް ނެތް ޕާޓީއެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ