logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ފިރިހެނެއްކަމަށްވާ ބެންޖަމިން ޑަންކަން މޯއެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އިބްރާޙީމް ފައިސަލް އާއި މޯލްޑިވްސް މާކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

އަދި މީގެ އިތުރުން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ދޭ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

ރާއްޖެއިން މިދިޔަ އަހަރު އަމާޒު ހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒު ވަނީ އެ އަހަރުގެ ޑިސެމްބަރުމަހުގެ 20ވަނަ ދުވަހު ހާސިލްކޮށްފައެވެ. ސަރުކާރުން މި އަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި މި އަހަރުތެރޭ ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *