logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް 30 މީހުން މަރުވެއްޖެ

ޖަޕާނުގެ އިޝިކަވާ ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި 30 މީހުން މަރުވެއްޖެއެވެ.

ޖަޕާނުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި އިތުރު ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށާއި ގިނަ މީހުން މަރުވެފައި ވަނީ ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށްކުރި ވަޖިމާ ސަރަޙައްދުން ކަމަށެވެ.

ބިންހެލުމުގެ ސަބަބުން ޢާންމުންގެ ގެދޮރާއި ޢިމާރާތްތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ހިދުމަތްވެސް ވަނީ މެދުކެނޑިފައެވެ. ބައެއް ސަރަޙައްދުތަކުގެ ވައިގެ ބަނދަރުތައް ބަންދުކުރަންޖެހި ވައިގެ ދަތުރުތަކާއި އެއްގަމާއި ކަނޑުދަތުރުފަތުރަށް ބުރޫއަރާފައިވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ރިކްޓަރ މިންގަނޑުން 7.5ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ އެކު ޖަޕާނުގެ އައްސޭރިފަށު ސަރަޙައްދުތަކަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. ނަމަވެސް ސުނާމީގެ އިންޒާރު މިހާރު ވަނީ އުވައިލައިފައެވެ.

ބިންހެލުމާ ގުޅިގެން 97،000އަށްވުރެ ގިނަ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފައިވެއެވެ. ނަމަވެސް ސުނާމީގެ އިންޒާރު އުވާލުމުން ގިނަ ބަޔަކު ވަނީ އެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އެނބުރި ގޮސްފައެވެ.

ޖަޕާނަށް މި ފަދަ ބާރުގަދަ ބިންހެލުމެއް އެންމެ ފަހުން އައިސްފައި ވަނީ 2011 ވަނަ އަހަރުއެވެ. އެ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި 20,000 އެއްހާ މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއްވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ