logo minivan

English

ބުދަ, 18 ޑިސެމްބަރ 2024
Photo:Google

ޒިކުރާ މިސްކިތަށް ބިސްޖެހީ ނަފްސާނީ ބަލި ހުންނަ މީހެއް

މާލޭ މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބިސްޖެހީ ނަފްސާނީ ބަލީގެ މީހެއްކަމަށް ފުލުހުން ބުނެފި އެވެ.

ޒިކުރާ މިސްކިތަށް ބިސް ޖަހާފައިހުރި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ޒިކުރާ މިސްކިތަށް ބިސްޖަހާފައިވާ މީހާ އަކި ސިކުނޑީގައި އުނިކަމެއް ހުރި މީހެއްކަން ސާބިތުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައްި އެއީ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނިގޮތުގައި، މިހާރު އެ މީހާއަަށް ދޭންޖެހޭ ފަރުވާ ދަނީ ދެމުންނެވެ. އެގޮތުން އޭނާގެ އާއިލާއިން އޭނާއަށް ފަރުވާ ދިނުމުގައި ޖެންޑާ އާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު ޒިކުރާ މިސްކިތަށް ބިސްޖެހި މީހާ ދެނެގަނެވިފައި ވީނަމަވެސް، އޭނާއަކީ ބުއްދީގެ ގޮތުން އުނިކަމެއް ހުރި މީހެއް ކަމަށްވުމުން، އޭނާ ހައްޔަރު ކުރެވެން ނެތްކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *