logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
ރާއްޖޭގެ ރިސޯޓެއް. ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ

އަމާޒަކީ މިއަހަރު އާ 20 ރިސޯޓު ހުޅުވުން: ރިޔާސީ ބަޔާން

ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މިއަހަރު އާ 20 ރިސޯޓް ހުޅުވައި 2857 އެނދު  ގާއިމް ކުރުން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އެމަނިކުފާނު އިއްވަވަމުން ގެންދަވާ، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ޓޫރިޒަމްގެ ތަރައްގީއަށް ދެން ކުރައްވާނެ އެއް ކަމަކީ، މިހާތަނަށް ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުސަތު ފަހިކޮށްދެއްވުން ކަމަށެވެ.

ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުސަ ފަހިކޮށްދީ، ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްގީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރެން ޓޫރިޒަމް މިނިސްޓްރީ އާއި ފައިނޭންސް މިނިސްޓްރީ އާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް އެކުލަވާލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް ނިމޭނެ،" ރައީސް ވިދާޅުވި.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ