logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޝަހީދުންގެ ދުވަހާ ގުޅިގެން ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވަނީ

ރާއްޖޭގައި މިއަދު ފާހަގަ ކުރަމުން އަންނަ ޝަހީދުންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމާ މުހާތަބް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމަނިކުފާނު ގައުމާ މުހާތަބް ކުރައްވަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 ޖަހާއިރެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް، އެ އަބްތާލުންގެ ޒިކުރާ އާކުރުމަށެވެ. ޝައުބާން މަހުގެ 1 ވަނަ ދުވަސް ރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، އެ ދުވަހަކީ ދިވެހި ގައުމާއި މިނިވަންކަންމުގެ ދިފާއުގައި ހަނގުރާމަ ކުރައްވަނިކޮށް އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހެވެ.

އެރަސްކަލުން ރަސްކަމަށް އިސްވެވަޑައިގަތީ މީގެ 458 އަހަރު ކުރިން، މީލާދީން 1،558 ވަނަ އަހަރުއެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރެވެ.

ޝަހީދުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރަން ފެށީ 1980 ގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ