logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކެލާފަޅުގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހއ.ކެލާ ފަޅުގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނޭކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުތުރުގެ އަތޮޅުތަކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ހއ.ކެލައަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ކެލާގެ ތަރައްޤީއަށް ރަށުގެ ރައްޔިތުން އެދުނު ކަންކަމަކީ ވައުދުވެފައިވާގޮތަށް ފުއްދާނޭ ކަންކަން ކަމަށާއި، މިހާރު އެޔަގީންކަން މާބޮޑަށް ދެއްވާކަމަށެވެ.

ރައީސް ވިދާޅުވީ ކެލާ ތަރައްޤީއަށް ޓޫރިޒަމް ތަރައްޤީކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، އެއީ އެންމެ މުހިއްމު މަޝްރޫއުކަމަށެވެ.  ކެލާފަޅުގައި ރިސޯޓެއް ތައްރައްޤީކޮށްދެއްވާނޭކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ކެލާ ފަޅުގައި ޓޫރިޒަމް ތަރައްޤީކުރުމުން އެކަމުގެ ފައިދާ ލިބިގެންދާނީ ހަމައެކަނި ކެލާގެ ރައްޔިތުންނަށް ނޫންކަމށެވެ. އެކަމުގެ ސަބަބުން އަތޮޅުގެ އެހެން ރަށްތަކަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ކެލައަކީ ދަނޑުވެރިކަންވެސް ކުރާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ރަށުގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ފުޑްސެކިއުރެޓީ ގާއިމްކުރުމުގެ ގޮތުން ރާއްޖޭގައި ހައްދާ ބާވަތްތައް އިތުރުކޮށް ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، މި އަމާޒަށް ވާސިލްވުމަށްޓަކައި ކެލާ ފަދަ ރަށްރަށް ވަރަށް މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކެލާގެ ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާ މެދުވެރިކޮށް އެރަށުގެ ދަނޑުވެރިންނަށް ކުރިއަށް އޮތްތަނުގައި ގިނަ ކަންކަން ފަހިކޮށްދެއްވަމުން ދާނޭކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ