logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ރޯދަމަހުގެ ފަހު 10 ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު

ރޯދަ މަހުގެ ފަހު 10 ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފިއެވެ.

ޑީއެންއާރްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަމަހު ރަސްމީ ދުވަސްތަކުގައި އައިޑީ ކާޑު ދޫކުރާނީ ހެނދުނު 09:15 އިން 11:30 އަށް ކަމަށާއި ކޮންމެ ދުވަހަކަށްވެސް ދޫކުރާނީ 150 ނަންބަރު ކަމަށެވެ. އަދި ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ ކިއުބީން ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން، ފަހު ދިހައިގައި އައިޑީ ކާޑު ދޫކުރާން ނިންމާފައިވަނީ އޭޕްރީލް 1، 3 އަދި 8 ވަނަ ދުވަހު އެކަންޏެވެ.

މިގޮތަށް ހަމަޖައްސާފައިމިވަނީ މި އަހަރުގެ ރޯދަ މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާތީއެވެ.

ޑީއެންއާރްއިން އިތުރަށް ބުނެފައިވަނީ އައިޑީ ކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާއި ހަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓީއާއެކު ފޮނުވުމުން ހަވާލުކުރެވޭނެ ކަމަށެވެ.

އަދި މި ގަޑިތަކުގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ޑީއެންއާރްގެ ނަންބަރު 7280368 އަށް ގުޅުމުން ހިދުމަތް ދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗް މަހުގެ 11 ވަނަ ދުވަހެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *