logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކުއްލިއަކަށް ބޮޑުއަގުގައި ޑްރޯން ގަނެ ސަރުކާރުން ހިންގަނީ ޖަރީމާ: އެމްޑީޕީ

ކުއްލިއަކަށް ސަރުކާރުން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ކަމަށް ބުނެ ބޮޑު އަގުގައި ޑްރޯން ގަންނަނީ މަޖިލީސް އިންތިޚާބު ކެމްޕޭނަށް ފައިސާ ހޯދަން ކަމަށާއި އެއީ ޖަރީމާއެއްކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

ރޭ އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ މަޖިލިސް އިންތިހާބު ކެމްޕޭނުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށް ވިޔަސް އެ ކަން ކުރަންވާނީ ރާއްޖޭގެ ފެންވަރުން ކަމަށެވެ.

".. އެ ޓެކްނޮލޮޖީ ނެތިގެންނެއް ނޫން އަޅުގަނޑުމެންނަށް އެ ޓެކްނޮލޮޖީއާ ހަމައަށް ނުދެވި އޮތީ. އަޅުގަނޑުމެންގެ މާލީ ހާލަތު ހުރިގޮތުން އެ އެއްޗިއްސާ ހަމައަށް އެ ފަދަ މި ދެންނެވީ އެ އެންމެ ފަހުގެ ޓެކްނޮލޮޖީއާ ހިސާބަށް ދެވެން އަދި ނެތީ،" އޭނާ ވިދާޅުވިއެވެ.

30 ވަރަަކަށް މިލިއަން ޑޮލަރު ސަރުކާރުން ޚަރަދުކުރީ މަޖިލިސް އިންތިހާބަށް ފައިސާހޯދަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތުހުމަތުކުރެވޭ މި ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބަށް ފައިސާ ހޯދަން ނުއަގުގައި ބޮޑެތި އަގުތަކުގައި އާންމުކޮށް ބާޒާރުން ދުނިޔޭގެ ބާޒާރުގައި ތި ވިދާޅުވި ޓެކްނޮލޮޖީ ވިއްކަން ހުރި އަގަށްވުރެ މާ ބޮޑު އަގުގައި އެ ކަން ކުރައްވައިފައި އެ އޮތީ،" އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ވެސް ޑްރޯން ގެނައުމަށް ދިރާސާކޮށް ޕައިލެޓް މަޝްރޫއެއް ހިންގަން ރާވައިފައި އޮތް ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ