5 ޑިސެމްބަރު 2025

ހިތުގެ އުދާސް: ސިހުރު، ސިހުރު، ސިހުރު

މިނިވަން
1 އަހަރު ކުރިން
ސ: ހައިރާން ނުވާށެވެ. އަހަރެންނަށް މީހަކު އެބަ ސިހުރު ހަދައެވެ. އެކަން އެމީހަކު ކުރަން ފެށީ އަހަރެން ގާތު އެވާހަކަ ބުނުމަށް ފަހުއެވެ. އަހަރެންގެ ފިރިމީހާ މިހާރު އަބަދު އުޅެނީ ބަލިވެއެވެ. އަހަރެންގެ މައްސަރު ކަންތައް ރަނގަޅު ނުވާތާ ހަމަސްވީއެވެ. "ކަލެއަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އަހަރެން ދުނިޔޭގައި ނެތް ދުވަހަކުން. އެހެން ނޫނީ ސިހުރު ހަދައިގެން ވެސް ތި ދިރިއުޅުން ހަލާކުކޮށްލާނަން. ވޭން ހުރި ގޮތަކަށް ސައިޒުކޮށްލާނަން،" އަހަރެން އެންމެ ފުރަތަމަ ވައްޓެހިވި ކުއްޖާއާ ރުޅިވެ މިހާރުގެ ފިރިމީހާއާ ކައިވެނި ކުރި ދުވަހު ފޮނުވި މެސެޖުގައި ބުނެފައިވެއެވެ. ރުގުޔާކުރާ މީހަކު ލައްވައި، ބަލައިފީމެވެ. ސިހުރުގެ އަސަރު އަހަރެމެން ދެމަފިރިންނަށް ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. ސިހުރު ހެދި މީހަކު ހަދާފައިވަނީ އަހަރެން ދެމީހުން ދުރުކޮށް، ދުނިޔެއިން ނެތިކޮށްލުމަށެވެ. މިއީ ހަސަދައިގެ އިންތިހާއެވެ. ހަމަ ހަގީގަތުގައިވެސް މިއީ ހަސަދަ ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެން އޭނާއާ ރުޅިވީ އޭނާ ދީނީ ކަންކަމަށް ފަރުވާ ކުޑަކުރާތީއެވެ. އަނިޔާވެސް ކުރާތީއެވެ. ސިހުރުވެރިން ގާތަށް ގޮސް ސިހުރު ހަދަން ދަސްކުރާތީއެވެ. އެކަމާ ނަސޭހަތް ދިނުމުން އެއްގޮތަކަށްވެސް ގޮތެއް ދުލެއް ނުކުރިއެވެ. އޭނާ ރޭގަނޑު ނުނިދާ އިންނަނީ ސިހުރު ހެދުމުގައެވެ. އަޖުމަ ބެލުމަށެވެ. އޭރު އޭނާ އެއުޅުނު ގޮތް ހިތަށް ގެނައުމުން މިހާރުވެސް ހީބިހި ނަގަމުން ގެންދެއެވެ. އަހަރެން މިހާރު ދެފަހަރު ދެމީހަކު ލައްވައި ރުގުޔާކޮށްފީމެވެ. ދުވަސްކޮޅަކަށް ރަނގަޅުވެއެވެ. އަނެއްކާވެސް ހަމަ އިހު ހުރި ގޮތަށް ބަދަލުވަނީއެވެ. މިކަމާ އަހަރެން ހަދާނެ ގޮތެއް ބުނެދީބަލާށެވެ. ---އަޒީމާ ޖ: އަޒީމާއަށް އަހަރެންގެ ހަމްދަރުދީ އެބައޮތެވެ. ﷲ ވޮޑިގެންވާކަން ގަބޫލުކުރާށެވެ. އަދި އެއީ އެންމެ ބާރުގަދަ ފަރާތްކަންވެސް ހަނދާންކުރާށެވެ. ދީނީ ޢިލްމުވެރިންގެ ފަރާތުން އެނގިފައިވާ ގޮތުގައި އަމިއްލައަށް ރުގުޔާ ކުރުމަކީ އެންމެ ފައިދާ ހުރި ގޮތެވެ. އެއަށް ފަހު ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމަށް ހަނދާން ކުރާށެވެ. ގިނަ ވަގުތު ވުޟޫ މަތީގައި ތިބޭށެވެ. ނަމާދު ގާއިމްކުރާށެވެ. ދުޢާ ކުރާށެވެ. ތިޔަ ހާލަތު ބަދަލު ކޮށްދެއްވުމަށް ﷲގެ ކިބައިން އެދޭށެވެ. އަމިއްލައަށް ރުގުޔާ ނުކުރެވޭނަމަ މީހަކު ލައްވައި ކުރުވިއަސް އެންމެ ރަނގަޅުވާނެއެވެ. އެއީ އެންމެ ކަށަވަރު އެއް ފަރުވާއެވެ. ނަމަނަމަ ސިހުރު ނަހަދައްޗެވެ. ރުހޭނަމަ އަޒީމާގެ ދެމަފުރިން ދީނީ ޢިލްމުވެރިއަކާ މަަޝްވަރާކޮށްލުން ބުއްދިވެރިއެވެ. އަހަރެން އެދެނީ ތިޔަ ދެމަފިރިން ތިކަމުން ވީއެންމެ އަވަހަކަށް މިންޖުވުމެވެ. ---- ޕްރިންސް

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙