5 ޑިސެމްބަރު 2025

ޖެނީފާ ލޮޕޭޒް ބެން އެފްލެކް ގާތުން ވަރިވާން ހުށަހަޅައިފި

މިނިވަން
1 އަހަރު ކުރިން
މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އޭނާގެ ފިރިމީހާ ހޮލީވުޑްގެ މަޝްހޫރު ބަތަލް ބެން އެފްލެކް ގާތުން ވަރިވާން ހުށަހަޅައިފިއެވެ. އެމީހުންގެ ކައިވެންޏަށް 2 އަހަރު ފުނު ދުވަހު ޖެނިފާ ލޮޕޭޒް ވަނީ އޭނާގެ ފިރިމީހާ ގާތުން ވަރިވާން ހުށަހަޅާފައިކަމަށް އޭނާގެ ގާތް މީހުންނާ ޙަވާލާދީ މީޑިއާތަކުންރިޕޯޓް ކޮސްފައިވާއިރު މިދިއަ އަހަރުން ފެށިގެން އެ 2 ތަރިން ވަކިވާ ކަމުގެ އަޑުތައް ވަނީ ފެތުރެން ފަށާފައެވެ. އެގޮތުން ޖެނީފާ ލޮޕޭޒް ހަފްލާ ތަކުން ފެންނައިރު ވެޑިން ރިންގ ނޭޅުމާއި އެ ދެ ތަރިން ކައިވެންޏަށް ގަތް ގެ ތައް ވިއްކުން ހިމެނެއެވެ. ޕީޕަލް މެގަޒިން އިން ރިޕޯޓް ކުރިގޮތުގައި ޖެނީފާ ލޮޕޭޒް އަށް ބެން އެފްލެކްގެ ފަރާތުން ކައިވެނި ދަމަހައްޓަން މަސައްކަތް ކުރާކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އެހެންވެ އެއްމެ ފަހުން އެ ނިންމުން ޖެނިފާ ލޮޕޭޡް ނިންމީއެވެ. ޓީއެމްޒެޑް އިން ބުނެފައިވާ ގޮތުގައި ޖެނިފާ ލޮޕޭޒް ވަރިގެ ލިޔުންތައް ހުށަހެޅީ ވަކީލަކު މެދުވެރި ނުކޮށް އޭނާ އޭނާ އަމިއްލައަށް އަށެވެ. އަދި އެ ލިޔުންތަކުގައި އޮތް ތާރީހަކީ 26 އޭޕްރީލް 2024 ކަމަށްވެސް ބުނެފައިވެއެވެ. ބެން އާއި ޖެނިފާ ކައިވެނި ކުރީ އެ މީހުންގެ ކޮމެޑީ ފިލްމު "ގިގްލީ" ގެ ސެޓުން އެންމެ ފުރަތަމަ ބައްދަލުވިތާ 20 އަހަރު ފަހުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ސެޓުގައި ރައްޓެހިންގެ ގޮތުގައި އެ ދެ މީހުން ވަރަށް ގާތްކޮށް އުޅުމަށްފަހު ފަހުން ލޯބީގެ ގޮތުން ގުޅުނެވެ. ނަމަވެސް އެ ގުޅުން ނިންމައި އެހެން މީހުންނާ ލޯބީގެ ގޮތުން މި 2 ތަރިން ގުލޅުނެވެ. އަދި އެ ދުވަސްވަރު ބެ އެޕްލެކް ވަނީ ޖެނިފާ ގާނާއާ ވެސް ކައިވެނިކޮށްފަ އެވެ. ނަމަވެސް ފަހުން ބެން އެފްލެކް ޖެނީފާ ގާނާ އާއި ވަކިވެ 2021 ވަނަ އަހަރު އަލުން ޖެނީފާ ލޮޕޭޒް އާއި ލޯބީގެ ގޮތުން ގުޅުނެވެ. މި 2 ތަރިންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ޖޯޖިއާގައެވެ.  

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙