5 ޑިސެމްބަރު 2025

ޝީލާ އާ ގުޅޭ ގޮތުން ސައީދު ދެއްކި ވާހަކައަށް މަނިކު ރައްދު ދީފި

މިނިވަން
1 އަހަރު ކުރިން
ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަޙްމަދު ސައީދު ފިލްމީ ތަރި ޝީލާ ނަޖީބާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ޝީލާގެ ފިރިކަލުން މަނިކު ރައްދު ދއްވައިފިއެވެ. ފޭސްބުކްގައި ހިއްސާ ކޮސްފައިވާ ވީޑިއޯ ޕޯސްޓެއްގައި މަނިކުވަނީ ވަރަށް ބޮޑަށް ސައީދު އަށާއި ޑާކް ރެއިންއަށް ފާޑު ކިޔައިފައެވެ. ޑާކް ރެއިންގެ ފިލެމެއް ކަމަށްވާ "ބީބީ" ގެ ޕްރޮމޯޝަނަލް އިންޓަވިއު އެއްގައި ސައީދު ބުނެފައިވަނީ ޝީލާ ނަޖީބާ އެކު ދެތިން ފިލްމެއް ކުޅުނު ފަހުން މަނިކު އޭނާއާއި މިހާރު ވާހަކަ ދެއްކުން ހުއްޓާލާފައިވާ ކަމަށާއި، ނަމަވެސް އެއީ ހަމައެކަނި އެކްޓް ކަމަށާއި އެހެންކަމުން މަނިކު އޭނާގެ އަނބިމީހާ ޝީލާ އަށާއި ސައީދު އަށް އިތުބާރު ކުރުމަށް އެ އިންޓަވިއުގައި ސައީދު މަނިިކު ކިބައިން އެދިފައި ވެއެވެ.
މަނިކުއޭ އެއްވެސް ގޮތަކަށް ޝައްކު ނުކުރާށޭ. އަހަރެމެން ހަމަ ޖަސްޓް އެކްޓޭ ކުރަނީ. މަނިކު އިތުބާރު ކުރަން ވާނެއޭ އަހަރުންމެންނަށް ދޯ. ސައީދު ބުނެފަައިވެ އެވެ.
އެކަމާ ގުޅިގެން މަނިކު ބުނީ ސޯޝަލް މީޑިއާގައި އެ އިންޓަވިއު އަށް މީހުން ކޮށްފައި ހުރި ކޮމެންޓުތަކުގެ ސަބަބުން ވަރަށް ދެރަވި ކަމަށާއި. އަދި އޭނާގެ ގާތް އެކުވެރިންވެސް އެ ވާހަކަ އަހާތީ ވަރަށް ކަންބޮޑުވިކަމަށް މަނިކު ބުނެފައިވެއެވެ. އެހެންކަމުން އެވާހަކާގެ ހަގީގަތް މީސް މީޑިއާ މެދުވެރިކޮށް ހާމަކުރުމުގެ ނިޔަތުގައި އެވާހަކަ ދައްކަން ޖެހުނީ ކަމަށާއި، ފިލްމު ޕްރޮމޯޓް ކުރުމުގެ ބޭނުމުގައިވެސް ޝީލާއާއި ބެހޭގޮތުން އެފަދަ ވާހަކަތަކެއް ޑާކް ރެއިިން އިން ދައްކައިގެން ނުވާނެ ކަމަށް މަނިކު ބުނެފައިވެއެވެ. އަދި އެ ގޮތައް ކަންތައް ކުރީމައި  މީހުންނާއި ބެހޭގޮތުން ނުބައިކޮށް ދެކެވި ވާހަކަތަކެއް ފެތުރިގެން ގޮސްފައިވާކަމަށްވެސް މަނިކު ބުނެފައިވެއެވެ.
އެއީ ފިލްމެއްގެ ޕްރޮމޯޝަނަށް ވެސް މީހުން ކުރަން ނުވާ ކަހަލަ ކަންތައްތައް، ޑާކްރެއިނުން އެ ކަންތައް އެ ގޮތަށް ކުރީތީ ވަރަށް ދެރަވެއްޖެ، ޕަބްލިކަށް މީހަކު އަރާ އެގޮތަށް ވާހަކަ ދެއްކީމަ މީހުން ހީކުރާނެ ދޯ، އެއީ ތެދު ވާހަކައެކޭ، އެކަމަކު އެއީ އެއްވެސް ހާލެއްގައި ތެދެއް ނޫން، ހަގީގަތެއް އޮތް ވާހަކައެއް ނޫން. މަނިކު ބުނެފައި ވެއެވެ.
އިތުރަށް މަނިކު ބުނެފައިވަނީ މިހާތަނަށް ޝީލާގެ ވަފާތެރިކަމާއި ދޭތެރޭ ޝައްކު ކުރެވޭ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާތީ އޭނާއާއި އެއްކޮށް 21 އަހަރު ހޭދަކުރެވިފައިވާ ކަމަށާއި، ނަމަވެސް ސައީދުގެ އަންހެނުން އުޅޭ ގޮތް އޭނާއަށް ނޭގުނަސް ޝީލާގެ ފަރާތުން އިތުބާރު ގެއްލޭނެ އެއްވެސް ކަމެއް ނުފެންނާނެ ކަމުގެ ޔަގީންކަން މަނިކަށް އޮންނަ ކަމަށް މަނިކު ބުނެފައިވެއެވެ.
ސައިދަކަށް އިހްސާސެއް ނުކުރެވޭނެ ސައީދު އަންހެނުން މިސާލަކަށް 10 މީހުންނާވެސް ހިތާވެގެނ އުޅެފާނެ، 6 މީހުން ތިބެދާނެކަންނޭނގެ ވެމްކޯތެރޭވެސް ހިތާވެގެންއުޅޭ، އޭނަ އުޅޭ ގޮތް ސައިދަށްވެސް ނޭނގުނީމަ ވެދާނެ އެކަހަލަ ކަމެއް، ސައީދުހެން އަހަންނަކީ ބުރު އަތައް ލައިގެން އުޅޭ މީހެއްނޫން. މަނިކު ބުނެފައިވެއެވެ.
ފިލްމީ ތަރި ސައީދުގެ އަންހެނުންނަކީވެސް ފިލްމު އިންޑަސްޓަރީގައި މަސައްކަތްކުރާ ބަތަލާ ފާތިމަތު އަޒީފާ (އަޒޫ) އެވެ. މަނިކުއާއި ޝީލާ ވަނީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޖޯޑެއްގެ ގޮތުގައި މަޝްހޫރުވެފަ އެވެ. މަނިކު އާއި ޝީލާ އަކީ ފިލްމީ ދާއިރާގެ ގިނަ ތަރިންނާ ޚިލާފަށް އެކުއެކީ ގިނަ އަހަރު ތަކެއްވަންދެން ދިރިއުޅެމުންދާ ދެ ބައިވެރިންކަން ފާހަގަކުރެވެއެވެ. އެ ދެ މީހުންގެ ކައިވެންޏަށް 21 އަހަރު ވެފައިވާއިރު މިހާރު އެ ދެމީހުންގެ ކައިވެންޏަށް ދެ ކުދިންވެސް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙