20 ޖެނުއަރީ 2025

ބްލެކްބާންގެ ޑިފެންޑަރު އޮވެން ބެކްގެ ބުރަކަށީގައި ދަތްއެޅި ޕްރެސްޓަންގެ ފޯވާޑް މިލޫޓިން އޮސްމަޖިޗް 8 މެޗަށް ސަސްޕެންޑްކޮށް 15،000 ޕައުންޑުން ޖޫރިމަނާކޮށްފި

މިނިވަން
3 މަސް ކުރިން
ބްލެކްބާންގެ ޑިފެންޑަރު އޮވެން ބެކްގެ ބުރަކަށީގައި ދަތްއެޅި ޕްރެސްޓަންގެ ފޯވާޑް މިލޫޓިން އޮސްމަޖިޗް 8 މެޗަށް ސަސްޕެންޑްކޮށް 15،000 ޕައުންޑުން ޖޫރިމަނާކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ސްކައި ބެޓް ޗެމްޕިއަންޝިޕްގައި ޕްރެސްޓަން އާއި ބައްދަލުކުރި މެޗުގެ ތެރެއިންނެވެ. ބްލެކްބާންގެ ކޯޗު ޖޯން ޔޫސްޓޭސް އޭރު މެޗަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ބުނެފައިވަނީ ބެކް ގެ ގެ ކަނދުރާގެ ފުރަގަހުގައި ދަތް އަޅާފަ ހުރިތަން ވަރަށް ބޮޑަށް ފާހަގަވާން ހުރި ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު އިނގިރޭސި  ފުޓްބޯލް އެސޯސިއޭޝަންގެ ތަރުޖަމާނު ބުނެފައިވަނީ 87 ވަނަ މިނެޓުގައި ވާދަވެރި ކުޅުންތެރިއެއްގެ ގައިގައި ތަޅައިގެން ހަރުކަށި އަމަލެއް ހިންގާފައިވާ ކަމަށް ފޯވާޑް އިއުތިރާފުވެފައިވާ ކަމަށެވެ. އެހެންކަމުން މިނިވަން ރެގިއުލޭޓަރީ ކޮމިޝަނަކުން އޭނާގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އޭނާގެ އިއުތިރާފާ އެކު ދެފަރާތުގެ ބަސްވެސް ހޯދުމަށްފަހުގައި ކަމަށެވެ.
An error has occurred. This application may no longer respond until reloaded. Reload 🗙