23 ޖެނުއަރީ 2025

ޖުވެންޓަސް އާއި ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިނިވަން
2 މަސް ކުރިން
އިޓަލީގެ މަޝްހޫރު ފުްޓްބޯލްކްލަބް، ޖުވެންޓަސްއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމާގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ ކުލަބުގެ ވެރިންނާ މަޝްވަރާކޮށްފި އެވެ. އިނގިރޭޗި ވިލާތުގައި މިހާރު ކުރިއަށްދާ ޓޫރިޒަމް ފެއާ (ވޯލްޑް ޓްރެވަލް މާކެޓް) ގެ ތެރެއިން އިޓަލީގެ ފުޓްބޯޅަ ކުލަބު ޖުވެންޓަސްގެ މަންދޫބުންނާއެކު ބޭއްވުނީ ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި ޓޫރިޒަމާއި ކުޅިވަރުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް ގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބަޔާން ކޮށްފައިވެއެވެ. އިތުރަށް އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ  އުއްމީދަކީ އެ ކުލަބާއެކު ކުރެވޭ މަސައްކަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅައިގެ ސަޕޯޓަރުންނާ ރާއްޖެއާ ދެމެދު ގާތްގުޅުމެއް އުފެދިގެން ދިއުން ކަމަށެވެ. ޖުވެންޓަސްގެ މަންދޫބުންނާއެކު ފައިސަލް މި ބައްދަލުވުން ބޭއްވީ އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގެ ހަވާސާގެ ތެރެއިންނެވެ.  

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙