5 ޑިސެމްބަރު 2025

މިއަދުގޮސް ޕާސްޓް އިސް ޕާސްޓް އޭ ބުންޏަސް އިންޑިއާ ހަނދާނެއްނުނެތޭނެ: ރައީސް ޔާމިން

މިނިވަން
11 މަސް ކުރިން
މިއަދުގޮސް ޕާސްޓް އިސް ޕާސްޓް އޭ ބުންޏަސް އިންޑިއާ ހަނދާނެއްނުނެތޭނެކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް ޔާމިން ރައްދު ދެއްވައިފިއެވެ. ރައީސް ޔާމީން އިވެސް ހުންނަވާ ހިންގަވާ ޕީއެންއެފް އިން ރޭ ބޭއްވި އެ ޕާޓީގެ ފްރޮންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން ވަނީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވާފައެވެ. އެގޮތުން އިންޑިއާ އައުޓް ކެމްޕެއިން އަކީ އެމަނިކުފާނު މަޖުބޫރު ކުރައްވައިގެން ހިންގެވި ކެމްޕެއިންއެއް ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި ރައީސް ޔާމީން ވިދާޅުވީ އެ ކެމްޕެއިން އަކީ އެމަނިކުފާނު އިސްވެ ފެއްޓެވި ކެމްޕެއިން އެއް ކަމަށާއި، އެ ކެމްޕެއިން ގައި އެއްވެސް ފަރާތަކަށް ބައިވެރިވާން މަޖުބޫރު ނޫން ކަމަށެވެ. އަދި އެ ކެމްޕެއިން ގައި ބައިވެރިވީ އެ މޮޓޯއަކީ ޕީޕީއެމް ޕީއެންސީން ގަބޫލުކުރާ މޮޓޯއަކަށްވާތީ ކަމަށެވެ. އެގޮތުން ފޮރިންމިނިސްޓަރ ޚަލީލް އާއި އާއިލާވެސް އެ ކެމްޕެއިންގައި ބައިވެރިވެފައިވާ ކަމަށާއި އެކަމަކީ ޕީޕީއެމްގެ އަސާސް ގަބޫލުކުރާތީ އެފަރާތްތަކުން ބައިވެރިވި ބައިވެރިވުމެއް ކަމަށެވެ. އަދި ރައީސް ކަމަށް ވަޑައިގެން ރައީސް ޑރ.މުއިއްޒު އެއްމެ ފުރަތަމަ ބޭރު ނޫހަކަށް ދެއްވި ބަސްދީގަތުމުގައިވެސް ދިވެހިން ނިންމީ އިންޑިއާ މިލިޓަރީ މި ގައުމުގައި ނުބޭތިއްބުމަށް ކަމަށާއި، ދިވެހިން ނިންމި އެ ނިންމުމަށް އެމަނިކުފާނު އަމަލުކުރައްވައި އިހްތިރާމު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވާކަމަށެވެ.
ރައީސް މުއިޒުގެ އިނގިރޭސި ކަރަސްޕޮންޑެންޓަކަށް އޭރު އުލުނު ހަމްދާން ޝަކީލް، އިންޑިއާ އައުޓުގެ ޗެމްޕިއަންއަކީ ރައީސް މުއިއްޒުކަމަށް އޭނަ އޮތް އަލްޖަޒީރާއަށް ލިޔުމުން ފޮނުވާފަ މުއިއްޒު އެ ޓީޝާޓް ލައިގެން އެހުރީ އަޅުގަނޑަށް އިނގޭ އެ ޓީޝާޓް އިސްތިރިކޮށްދޭނީ ސާޖިދާކަން، އަޅުގަނޑެއް ނޫންކަން އެހެންނޫންތޯ، އެހުރީ އަބްދުއްރަހީމް، އެހުރީ ޑިފެންސް މިނިސްޓަރ، އިގޭތޯ، މި މީހުންނަށް ކޮން މަޖުބޫރުކަމެއްތޯ އޮތީ މިކަން ކުރަން
ރައީސް ޔާމީން ގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ މިއަދު ގޮއްސަ ޕާސްޓް އިސް ޕާސްޓް އޭ ބުންޏަސް އިންޑިއާ ހަނދާން ނުނެތޭނެ ކަމަށާއި، އެމަނިކުފާނަށް ފެނިގެން މިދިޔައީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ބެކްބޯން އެއް ނެތްތަން ކަމަށާއި، ހަރުދަނާކަމެއް ނެތްކަން ކަމަށެވެ.  

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙