އަލިފާނުގެ ހާދިސާއިން ގެ ސަލާމަތްކޮށްދިން ފަރާތަކަށް ބުނި އަގެއް ދޭން ބުނި އެމެރިކާގެ މަހުޖަނެއްގެ ގެ އަނދައިހުލިވެއްޖެ
މިނިވަން
6 ދުވަސް ކުރިން
އަލިފާނުގެ ހާދިސާއިން ގެ ސަލާމަތްކޮށްދިން ފަރާތަކަށް ބުނި އަގެއް ދޭން ބުނި ލޮސްއެންޖެލިސްގެ މަޝްހޫރު ރިއަލްއެސްޓޭޓް ކުންފުނި ގެލްޓް ވެންޗަރ ޕާޓްނާރސް ގެ ސީއީއޯގެ ގެ އަނދައިހުލިވެއްޖެ އެވެ.
ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލޮސްއެންޖެލިސްގެ ޕެލިސޭޑްސް އަލިފާނުގެ ހާދިސާގައި ލޮސް އެންޖެލިސްގެ މަޝްހޫރު ރިއަލް އެސްޓޭޓް ޝަހުސިއްޔަތެއްގެ ލަގްޒަރީ ގެއެއް މުޅިން އަނދައި ހުލިވެއްޖެއެވެ. ލޮސްއެންޖެލިސް ކައުންޓީގެ އޮފިޝަލް ރިކަވަރީ ވެބްސައިޓްގައިވާ ގޮތުން އަނދާފައިވަނީ މަޝްހޫރު ރިއަލްއެސްޓޭޓް ކުންފުނި ގެލްޓް ވެންޗަރ ޕާޓްނާރސް ގެ ސީއީއޯގ ކީތު ވަސަރމަންގެ ގެ ގެއެވެ.
ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކުންފުނި ގެލްޓް ވެންޗާ ޕާޓްނާސްގެ ކޯ ފައުންޑަރުގެ މަގާމުގައި ހުންނެވި ވަސަރްމަން، އެލްއޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަމިއްލަ ފަޔަރ ފައިޓަރުންގެ ހިމާޔަތް ހޯދުމަށް ސޯޝަލް މީޑިއާގައި ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.