20 ޖެނުއަރީ 2025

އާދަޔާހިލާފަށް ވައިގަދަވެ އިތުރު އަލިފާންގަނޑުތައް އުފެދެނީ

މިނިވަން
6 ދުވަސް ކުރިން
އެމެރިކާގައި ފެތުރެމުން އަންނަ އަލިފާންގަނޑުތައް، އާދަޔާ ހިލާފަށް ވައިބާރުވުމުގެ ސަބަބުން އިތުރު އަލިފާންގަނޑުތައް އުފެދެން ފަށައިފިއެވެ. ވައިބާރުވުމުގެ ސަބަބުން ކެލިފޯނިއާގެ ވެންޗޫ ކައުންޓީގައި މިއަދު އަލަށް އުފެދުނު އަލިފާންގަނޑު މިހާރުވަނީ 55 އޭކަރަށް ފެތުރިފައެވެ. ގަދަ ވަޔާއެކު އިތުރު އަލިފާން ސްޕޮޓްތައް އުފެދޭނެކަމަށް އަންދާޒާކުރާއިރު އަލިފާން ރޯވެފައިވާ ޖުމްލަ ސަރަހައްދުގެ ބޮޑުމިން މިހާރުވަނީ 40،588 އޭކަރަށް އިތުރުވެފައެވެ. އަލިފާނުގެ ހާދިސާގައި މިހާތަނަށް 24 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު އުޅެނީ 26 އިން މަތީގައެވެ. އަނދާ ހުލިވެ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ އަދަދު 12،300 އަށްވުރެ އިތުރުވެފައިވާއިރު، ކެލިފޯނިޔާ ސަރަހަދަށް 70 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާއިން ވަނީ އިތުރު އަލިފާން ގަނޑުތައް އުފެދިދާނެ ކަމުގެ އިންޒާރު ދީ، މީހުން ހުސްކުރުމުގެ އަމުރުތަކަށް ވަގުތުން އަމަލުކުރުމަށް އިލްތިމާސްކޮށް ރެޑް އެލާޓް ނެރެފައެވެ. ވައިގަދަވުމުގެ ސަބަބުން މިއަދަކީ (14 ޖެނުއަރީ) އަކީ އެންމެ ނުރައްކާތެރި އެއް ދުވަހަށް ވެދާނެކަމަށް އޮފިޝަލުން ފާހަގަކޮށްފައިވާއިރު، ރޭގަނޑުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބުނެފައިވެއެވެ. އަލިފާނުގެ ސަބަބުން މިހާތަނަށް 150،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާއިރު، އެސަރަހައްދުގައި އުފެދުނު އެންމެ ބޮޑު އަލިފާންގަނޑު 14 އިންސައްތަ ކޮންޓްރޯލް މިހާރުވަނީ ކޮންޓްރޯލްކުރެވިފަ ކަމަށް ލޮސްއެންޖެލިސް ފަޔަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. އަދި 16 މީހުން މަރުވި އެންމެ ނުރައްކާތެރި އީޓަން އަލިފާންގަނޑު 33 އިންސައްތަ ވަނީ ކޮންޓްރޯލްކުރެވިފައި ކަމަށާއި، 799 އޭކަރުގެ ސަރަހައްދަށް ފެތުރިފައިވާ ހަރސްޓް އަލިފާންގަނޑު 97 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާކަމަށް ލޮސްއެންޖެލިސް ފަޔަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.  
An error has occurred. This application may no longer respond until reloaded. Reload 🗙