ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފި
މިނިވަން
1 މަސް ކުރިން
ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެޑިއުކޭޝަނަ މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، މާލޭ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައެއް އެޑިއުކޭޝަނަ މިނިސްޓްރީން ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.