19 ފެބްރުއަރީ 2025

ޕީއެންސީއަށް ލިބޭ ހުރިހާ ފޯމެއް އިލެކްޝަނަށް ފޮނުވާނަން: މެމްބަރު މުހައްމަދު އިސްމާއީލް

މިނިވަން
1 މަސް ކުރިން
ޕީއެންސީއަށް ލިބޭ ހުރިހާ ފޯމެއް އިލެކްޝަނަށް ހުށަހާޅާނެ ކަމަށް އެ ޕާޓީގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވީ، ޑީއެންއާރު ޑާާޓާބޭސްގަ ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ޕާޓީ އަށް ފޯމު ހުށަހަޅަމުންދާ ކަމަށް ތުހުމަތު ކުރަމުންދާ މައްސަލައަށް ރައްދުދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ޕާޓީއައް ހެޔޮއެދޭ ޕާޓީގެ މެންބަޝިޕް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ދިޔައީ މުޅި ރާއްޖޭގަ އެތަކެއް ރައްޔިތުންގެ ބައިވެރި ވުމާއެކު ކަމަށެވެ.
ވަރަށް ސާފުކޮށް މިދަންނަވަނީ ދިވެހިރާއްޖޭގަ އުފެދިފަހުރި އެއްވެސް ސިޔާސީ ޕާޓީއެއްގަ ގާބިލްކަމެއް ނުހުންނާނެޔޭ ސައްހަ ފޯމެއްތޯ ބެލުމުގަ ޕާޓީތަކުގެ ބެލެނިވެރިފަރާތް ކުރައްވާކަމެއް އެއީ ލިބިފައިވާ ފޯމަކީ ސައްހަ ފޯމެއްތޯ ބެލުމަކީ“ މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
އެހެން ކަމުން ކޮންމެެ މީހެއްގެ ފޯމެއް ކަމުގައި ވީނަމަވެސް ޕާޓީއަށް އަންނަ ހުރިހާ ފޯމެއް އިލެކްޝަނަށް ހުށައަޅާނެ ކަމުގައި މުހައްމަދު އިސްމާއީލް ވިދާޅުވިއެެވެ. މީގެ އިތުރުން، ޕީއެންސީއަށް ފޯމު ފުރިމައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވަނީ އޭސީސީ އާއި ފުލުހަށް ހުށަހަޅައިފައެވެ. އެކަން ހާމަކޮށް އެ ޕާޓީގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓް ގައި ބުނެފައިވަނީ، ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް އެ ޕާޓީގެ ފަރާތުން މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ. މި މައްސަލައާއި ގުޅިގެން އިލެކްޝަނުންވަނީ ވަގުތީ ގޮތުން ޕާޓީތަކަށް މީހުން ވެއްދުން މެދުކަނޑާލާފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙