5 ޑިސެމްބަރު 2025

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

މުޙައްމަދު ވިޝާން
10 މަސް ކުރިން

އަމީތާބުގެ ކާފަދަރި އާރަދްޔާ ބަޗަންގެ ފޭކް ވީޑިއޯ އާއި ގޯސް މައުލޫމާތު ގޫގްލް އާއި އިންޓަނެޓްގެ އެހެން ވެބްސައިޓްތަކުން ނަގާދިނުމަށް އެދި އިންޑިއާގެ ހައިކޯޓަށް ހުށަހެޅި މައްސަލާގައި ހައިކޯޓުގެ އަމުރު އެ ފަރާތްތަކުން ތަންފީޒުކޮށްފައިނުވާތީ އަނެއްކާވެސް އެ މައްސަލަ އިންޑިއާގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.

އަމީތާބުގެ ދަރިފުޅު އަބީޝެކް ބަޗަން އާއި އައިޝްވާރްޔާ ރާއީގެ ދޮށީ ދަރިކަނބަލުން އާރަދްޔާ ބަޗަންގެ ފޭކް ވީޑިޢޯއާއި ފޯޓޯ TechWaves Box އާއި އަދި ގޯސް މައުލޫމާތު ވެބްސައިޓްތަކުގައި ފަތުރަމުންދާތީ އެ ތަކެތި ވެބްސައިޓްތަކުން ނަގާދިނުމަށް އަމުރުކޮށްދިނުމަށް އެދި އިންޑިއާގެ ހައިކޯޓަށް ކުރިން ހުށަހެޅި މައްސަލާގައި އިންޑިއާގެ ހައިކޯޓުން ވަނީ ގޫގްލް އާއި، ބޮލީވްޑް ޓައިމްސް އާއި އެހެނިހެން ބައެއް ވެބްސައިޓު ތަކުން އެ ފޮޓޯތަކާއި ވީޑިއޯ ތަކާއި ފޭކް މައުލޫމާތު ނެގުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

އުމުރުން 13 އަހަރުގެ އާރަދްޔާ ބަޗަންގެ ފަރާތުން ހުށަހެޅި މައްސަލއާއި ގުޅިގެން ހައިކޯޓުން ގޫގްލް އާއި ޔޫޓިއުބް އަދި ބައެއް ވެބްސައިޓް ތަކުގެ މައްޗަށް އިއްވާފައިވާ ހުކުމުގައި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބަލާއިރު ކޮންމެ މީހަކަށް ވެސް އަދި ސެލެބްރިޓީއަކަށް ވިޔަސް ކަރާމާތުގެ ހައްގު ލިބިގެންވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އާރަދްޔާ ގެ ފަރާތުން އަނެއްކާވެސް 3cx Box އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އިންޑިއާގެ ހައިކޯޓުން މި މަހުގެ 17 އަށް އެ މައްސަލަ ވަނީ ތާވަލް ކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙