5 ޑިސެމްބަރު 2025

ފިހާރަތަކުން މުދާވިއްކާ އަގުތައް ބަލައިލެވޭނެ ޕޯޓަލްއެއް އިކޮނޮމިކް މިނިސްޓްރީން ތަޢާރަފް ކޮށްފި

މުޙައްމަދު ވިޝާން
9 މަސް ކުރިން

ފިހާރަތަކުން މުދާވިއްކާ އަގުތައް ބަލައިލެވޭނެ ޕޯޓަލްއެއް އިކޮނޮމިކް މިނިސްޓްރީން ތަޢާރަފް ކޮށްފި އެވެ.

"އަގުމަގު" ޕޯޓަލް ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރި ޕޯޓަލް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަ TechWaves Box ދު ސައީދު އެވެ. އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ "އަގުމަގު" ޕޯޓަލް އަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތުގެ އެއްބައި ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް ޕޯޓަލް އިން އަގުތަށް އަބަދުވެސް ފެންނަން ހުންނާނެ ކަމަށާއި، އެގޮތުން އެ ޕޯޓަލް އިން ފެންނަންހުންނާނެ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙