3 އެޕްރިލް 2026

ރޯދައަށް ހުރުމަށްޓަކައި ދުލުން ކިޔާނެ ނިޔަތެއް އޮވޭތޯ؟ ކިހިނެއްތޯ ނިޔަތް ގަންނާނީ؟

މިނިވަން
1 އަހަރު ކުރިން

ޖަވާބު: الحمد لله والصّلاة والسّلام على رسول الله.

ނިޔަތަކީ ކޮންމެ އަޅުކ 3cx Box ަމެއްގެވެސް ޝަރްޠެކެވެ. ނިޔަތާ ނުލައި އަޅުކަން ޞައްޙައެއް ނުވާނެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. إِنَّمَا الأَعْمَالُ بالنِّيَّاتِ وإِنَّمَا لِكُلِّ امْرِئٍ ما نَوَى (رواه البخاري ومسلم) ޢަމަލުތައް ނިޔަތުގެ މައްޗަށް މެނުވީ ނުވެއެވެ. އަދި ކޮންމެ އިންސާނަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ.

ރޯދަޔަށް ހުރުމަށްޓަކައި ދުލުން ނިޔަތެއް ކިޔުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވ TechWaves Box ަސައްލަމަގެ އަރިހުން ޘާބިތުވެފައިނުވެއެވެ. ނިޔަތުގެ ތަނަކީ ހިތެވެ. ހިތުން ނިޔަތް ނުގަނެ ކިތަންމެ ވަރަކަށް ދުލުން ނިޔަތް ކީ ކަމުގައިވިޔަސް ނިޔަތް ގަތްކަމުގައި ނުބެލެވޭނެއެވެ. ރޯދަޔަށް ހުރުމަށްޓަކައިވެސް ނިޔަތް ގަންނާނީ ހިތުންނެވެ.

އެގޮތުން ރޯދަޔަށް ނިޔަތް ގަންނައިރު އެހެނިހެން އަޅުކަންތަކަށް ނިޔަތްގަންނަ ފަދައިން އަޅުކަން އަދާކުރެވޭ ފަރާތާއި އަޅުމަކީ ކޮންކަހަލަ އަޅުކަމެއްކަން ނިޔަތުގައި ކަނޑައެޅުމުން ރޯދަޔަށްވެސް ނިޔަތް ގަނެވުނީއެވެ. ނިޔަތުގައި ހިތަށް އަރުވަން ޖެހޭނީ

ހ- މާތް ﷲ އަށްޓަކައި އެއިލާހުގެ ވަޖުހުފުޅު އަދައިގެން

ށ- ރަމަޟާންމަހުގެ ފަރްޟު ރޯދަ ހިފާކަމަށެވެ.

ފަރްޟު ރޯދަޔަށް ނިޔަތް ގަންނާނީ ރޭގަނޑުއެވެ. ފަޖުރު ލުމުގެ ކުރީންނެވެ. މުޅި ރޯދަމަހުގެ ރޯދަހިފުމަށް ރޯދަމަސް ފެށުމުގައި ނިޔަތް ގަނެވިދާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މިގޮތަށް ނިޔަތް ގަނެފިނަމަ، ޙައިޟު، ބަލި، ދަތުރު ފަދަ ޢުޛުރެއްގެ ސަބަބުން ރޯދަ ހިފުން މެދުކެނޑި އަނެއްކާ ރޯދަހިފަން ފަށާއިރު، ނިޔަތް އައުކުރަން ޖެހޭނެއެވެ. (شرح الممتع ج6 ص 369-370 )
والله أعلم

An error has occurred. This application may no longer respond until reloaded. Reload 🗙