މުޙައްމަދު ވިޝާންރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގެ ސަރުކާރުން ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން 2022 ވަނަ އަހަރު ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު އަނބުރާ ދައްކައިފި އެވެ.
ކުރީގެ ސަރުކާރުން 2022 ވަނަ އަހަރުގެ ބަޖެޓްގެ ތާށިކަ
ން ކުރިމަތިވުމާ ގުޅިގެން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ މި ލޯނަކީ 7.15 އިންސައްތަ އިންޓަރެސްޓާ އެކު 3 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ލޯނެކެވެ.
އެހެންކަމުން އެ ލޯނު އަނބުރާ ދައްކާއިރު 100 މިލިއަން ޑޮލަރުގެ އިތުރުން 26 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.