15 އެޕްރިލް 2025

ލޮލަށް އަދި ކަންފަތަށް ބޭސް އެޅުމުން ރޯދަ އަށް އަޘަރެއްކުރާނެތަ؟ ރަހަލައިފިނަމަ؟

މުޙައްމަދު ވިޝާން
1 މަސް ކުރިން

ޖަވާބު: الحمد لله والصّلاة والسَّلام على رسول الله

ޝައިޚް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ލޮލަށާއި ކަންފަތަ TechWaves Box ށް ބޭސްއެޅުމުން ރޯދަ ނުގެއްލޭނެކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅުއެއީ މިމައްސަލާގައި އެންމެ ޞައްޙަ ބަސްފުޅެވެ. އެހެނީ ލޮލާއި ކަންފަތަކީ ހަށިގަނޑަށް ކާބޯތަކެތި ފޮނުވައިދޭ މަގެއް ނޫނެވެ.”
تحفة الإخوان ص 175

ލޮލަށް ބޭސް އެޅުމުގެ ސަބަބުން ނުވަތަ ކަންފަތަށް ބޭސް އެޅުމުގެ ސަބަބުން ރޯދަ ގެއްލޭނެތޯ ޝައިޚް ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވިއެވެ. “ރޯދަވެރިޔާ އޭނާގެ ކަންފަތަށް އަދި ލޮލަށް ބޭސްއެޅުމަކީ މައްސަލައެއް ނޫނެވެ. އަދި ކަރުތެރެއަށް އޭގެ ރަހަ ފާޅުވި ކަމުގައިވިޔަސް އޭނާގެ ރޯދަ ނުގެއްލޭނެ އެވެ. ސަބަބަކީ އެއީ ކެއިންބުއިމުގެ ތެރެއަށް ވަންނަ ކަމެއްނޫނެވެ. އަދި ކެއިންބުއިމުގެ މާނަގައިތެރޭގައިވެސް ހިމެނޭ ކަމެއް ނޫނެވެ.”
مجموع الفتاوى 19-
والله أعلم

An error has occurred. This application may no longer respond until reloaded. Reload 🗙