16 އެޕްރިލް 2025

ތޫނު ހަތިޔާރުބޭނުންކޮށްގެން މާރާމާރި ހިންގި ކުޑަކުދިންތަކެއް ހައްޔަރަށް

މުޙައްމަދު ވިޝާން
1 މަސް ކުރިން

18 އަހަރުން ދަށުގެ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއްގައި 2 ކުއްޖަކު ހައްޔަރުކޮށް، 4 ކުއްޖަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ރޭ 10:00 ހާއިރު ހުޅުމާލެ ފޭސް 2 ގައި އުމުރުން 3cx Box 18 އަހަރުން ދަށުގެ ކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެ މާރާމާރީގައި އެއް ކުއްޖަކު ޒަހަމްވެފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙