5 ޑިސެމްބަރު 2025

ކަރަންޓުން ޗާޖުކުރެވޭ އިލެކްޓްރިކް ސައިކަލު ސްޓެލްކޯއިން ގެނެސްފި

އަޙްމަދު ފައުޒާން
8 މަސް ކުރިން

ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ޗާޖުކުރެވޭ އިލެކްޓްރިކް ސައިކަލު ސްޓެލްކޯއިން ގެނެސްފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިނ TechWaves Box ް ފަހުމީ މިއަދު އެކްސްގައި ވިދާޅުވީ އިލެކްޓްރިކް އެ އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ވެސް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ އެ ސައިކަލުތަކުގައި ބޭނުންކުރާ ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެގޮތުން މީގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތ 3cx Box ަކުގައި ގާއިމްކުރެވުމާއެކު، އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ." ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ އެ ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ގާއިމް ކުރެވިފައިވާ އީވީ ޗާޖިން ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހިިގެންދާނެ ކަމަށެވެ.

އަދި ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަން ވެސް ފަހުމީ ފާހަގަ ކުރެއްވި އެވެ،

ފަހުމީ ފާހަގަ ކުރެއްވި ގޮތުގައި މިއީ ސަރުކާރުން އަމާޒުހިފާފައިވާ 33 ޕަސެންޓްއަށް ވާސިލުވެ ތަރައްގީއާއި  ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެކެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙