5 ޑިސެމްބަރު 2025

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

އަޙްމަދު ފައުޒާން
8 މަސް ކުރިން

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލަށް ޒިޔާރަތް ކުރައްވައި، ޓާމިނަލު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ވީއައިއޭއަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން، މޯލްޑިވްސ 3cx Box ް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓަރމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން އެމަނިކުފާނަށް އާ ޓާމިނަލްގެ މައުލޫމާތުތައް ހިއްސާކުރެއްވި އެވެ.

އެ ގޮތުން އާ ޓާމިނަލުގައި ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަސީލަތްތަކާއި ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ރައީސަށް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ޚިދ TechWaves Box ުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓާމިނަލެކެވެ. ރައީސްގެ މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙