މުޙައްމަދު ވިޝާންހައި ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ ހަވާލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރު ފައިސަލްއާ ހައި ކޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސެއިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިއްޔެ އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީގެ ނައިބު ރައީސް ކަން ކުރައްވާފައިވާ ފައިސަލް ހައި ކޯޓަށް އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު އެވެ.